އެމްވީ އޯޕަން ކޮންޑެންސްޑް ބޯލްޑް (އެމްވީ އޯޕަން ހަނި ފަލަ)
ތާނަ ލިޔާއިރު، ބައެއް ފަހަރު ހަނި، ޖާގަނެތް ތަންތަނުގައި ފަލަ ސުރުޚީތައް ލިޔަން ޖެހެއެވެ. މިފަދަ ޙާލަތްތަކަށް ބޭނުންވަނީ ދިގުކޮށް ހަނިކޮށް ހުންނަ އަކުރުތަކެއް ހިމެނޭ ފޮންޓެކެވެ. މިފަދަ އިނގިރޭސި ފޮންޓުތައް އޮންލައިން ނޫސްތަކުގައި ސުރުޚީލިޔުމަށާއި މިނޫނަސް ޖާގަ ހަނިތަންތަނުގައި ތަކެތި ލިޔުމަށް ބޭނުން ކުރެއެވެ.
ތާނަ ޢާއްމުކޮށް ލިޔަނީ ރަހައިން 30 ދަރަޖައަށް މައްޗަށް ކަތިކޮށެވެ. މިއީ ވަރަށް ބޮޑު ކަތި މިންވަރެކެވެ. ޢާއްމުކޮށް އިނގިރޭސި އަކުރުތައް ކަތިކުރަނީ މިހާރަކަށް އައިސް 81 ދަރަޖަ އާއި 84 ދަރަޖައާ ދެމެދަށެވެ. އެހެން ގޮތަކަށް ބުނާނަމަ، ކަތިމިން ހުންނާނީ އޮލަނބަށް ވުރެ 6 ދަރަޖައާއި 9 ދަރަޖައާ ދެމެދުގައެވެ. ގާތްގަޑަކަށް ތެދަށެވެ. އަކުރުތަކެއް ކަތިވި ވަރަކަށް ކިޔަން ދަތިކަމަށް ދިރާސާތަކުން ދައްކައެވެ. ޢާއްމުކޮށް އަކުރުތައް އެންމެ ކަތިކޮށް ލިޔަނީ ތާނައިގައެވެ. އަކުރުތައް ޢާއްމުކޮށް ކަތިކޮށް ހުންނަ މިނަށް ބަލާއިރު ތާނައަކީ ދުނިޔޭގެ ރެކޯޑެވެ. މިކަމުގެ ނަތީޖާއަކީ ތާނަ އަވަހަށް ކިޔަން ދަތިވުމެވެ. އެހެން މެދުވެރިވަނީ އިންސާނާގެ ލޮލުގެ އެތެރޭގައި ސެލްތައް އެތުރިފައި ހުންނަ ގޮތުންނެވެ.

ނަމަވެސް ތާނައަކީ ހުރިހާ ވޭލައަކު މިހާ ކަތިކޮށް ލިޔުނު އަކުރުތަކެއް ނޫނެވެ. ކުރީ ޒަމާނުގެ ލިޔުންތަކުގައި ތާނަ އަކުރުތައް ހުންނަނީ ތެދަށެވެ. އަކުރުތައް ކަތިކޮށް ލިޔެވެން ފެށީ މީގެ 200 ވަރަކަށް އަހަރު ކުރިންނެވެ. ކުރީގެ އަކުރުތައް މިހާރުގެ އަކުރުތަކަށް ވުރެ ތެދުބޮޑުވެފައި ކިޔަން ފަސޭހަވާނެއެވެ.

މިފަހަރު ތިޔަ ބޭފުޅުންނަށް މިހުށަހަޅާ ފޮންޓަކީ ގޫގުލް ފޮންޓެއް ކަމުގައިވާ އޯޕަން ސާންސް ކޮންޑެންސްޑް އަކުރުތަކާ އެކުމުތުވާ (ހާމަނައިޒްވާ) ގޮތަށް ފަރުމާކޮށްފައިވާ ފޮންޓެކެވެ. މިފޮންޓުގައި ތާނައަކުރުތައް ހުންނާނީ މުޅިންހެން ތެދަށެވެ. ދިގުމިނަށް ވުރެ ފުޅާމިން ހަނިކޮށެވެ. ބައެއް ކަހަލަ ބޭނުންތަކަށް މިއަކުރުތައް ވެސް ބަޔަކަށް ކަމުދާނެ ކަމަށް ހީކުރަމެވެ. އަކުރުތަކުގެ ނަމަށް އެމްވީ އިތުރުކުރީ މި ފޮންޓު ކޮމްޕިއުޓަރުން ހޯދަން ފަސޭހަ ކުރުމަށެވެ.
ތިރީގައިވާ ސާމްޕްލްގެ ދެ ޕެރެގުރާފު ލިޔެފައިވަނީ އެއް ސައިޒަކުންނެވެ.
އަޅުގަނޑުގެ ކުރީ މަޒުމޫނުތަކުގައި ތާނަލިޔުމަށް ގެނެވިދާނޭ ބައެއް ކުރިއެރުންތައް ބަޔާންކޮށްފައިވާނެއެވެ. އެއިން އެއް ކަމެއް މިފޮންޓުގައި ހިމެނެއެވެ. އެއީ އަބަފިލި ކުރުކޮށް ތިއްކެއްގެ ގޮތުގައި ޖެހުމާއި އާބާފިލި ދެތިކީގެ ގޮތުގައި ޖެހުމެވެ. އިބިފިއްޔާއި އީބީފިއްޔަށް ވެސް މި ބަދަލު ގެނެސްފައި ވާނެއެވެ. ތިކިޖެހި އަކުރުތައް ލިޔާއިރު މި ފިލިތަކާ އޮޅިދާނެތީ އަކުރުތަކުގެ ފިލިތައް މި ފޮންޓުގައި ހިމެނޭނީ ޢާއްމު އަކުރަކަށް ވުރެ މަތި ނުވަތަ ތިރި ނުވާނޭ ގޮތަށެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އެވޭލާ އަކުރުން ދިވެހި ލިޔާއިރު، އަބަފިއްޔެއް ނުޖަހައެވެ. ފިލިނުވާނަމަ، ބަލަނީ އަބަފިލި ކަމަށެވެ. މިއީ ދެކުނު އޭޝިޔާގެ ބަސްލިޔާ ގިނަ އަކުރުތަކުގެ ސިފައެކެވެ.
Salaam Hassan
Funa libidhaanetho?
Adhi nunimey. Nimumun faalhukuraanan.
Mv funa font libidhaane thoa
E font adhi nunimey
ސަލާމް ސަރ… އެމްވީ ފުނަ ނިމިއްޖެތޯ! އެ ފޮންޓް ލިބިދާނެތޯ
Adhi nunimey… Thajuribaa thakeh kuramun dhanee…
Very unique and aesthetically appealing, but has similarities to Mishnaic and other classic Hebrew writing though. To have a, aa, i, ee being two pixels wide might make it more reader-friendly, by better distinguishing them from the nukuhtaa.
Hassan keevvethoa abafili aabaa fili thedhah nuliyuvvee. Athireegey thaanayaa fili vaththaru vedhaanetheethoa. Ekamaku akuru thakugai ebahuri eyaa vaththauvaa gotheh. Alhugandah feney abafili ibifilives dash inna kahala rongu fiyyah badhalu kollavva . Eyrun kiyan maa faseyha vaane. Thi vidhaalhuvi gothah vaguthu bellevee vaguthu ballavaigenthoa
Kiyan faseyha ee mi article liyefa in font. Alah tha’aaraf kuri font in liyuneema kiyan v udhagoo.. Hama enme fakkalee faruma font..
As noted in the article, the font is not intended for bodytext. Only headings and titles in large sizes.