އެމްވީ ރާދަވަޅި — ސުރުޚީތައް ލިޔަން ރީތި ފޮންޓެއް

ރާދަވަޅިއަކީ ދިވެހިރާއްޖޭގެ ރަސްކަމުގެ ތާރީޚް ލިޔަމުން ގޮސްފައިވާ އިހުގެ ފޮތްތަކަށް ކިޔާ ނަމެކެވެ. ރާއްޖޭގެ ބައެއް ރާދަވަޅިތައް ވަނީ އިންޑިޔާއިން ރާއްޖެއާ ހަނގުރާމަ ކުރަން އަންނަ ހޮޅީން އެއް ފަހަރަކު ގަނޑުވަރު އަންދާލި ހާދިސާއެއްގައި އަނދައިގެން ގޮސްފައެވެ. އެއް ފޮތް އޮޅުދޫކަރައިގެ އަރުޝީފުގައިވާ ކަމަށް ބުނެއެވެ. ރާއްޖޭގައި ޗާޕުކޮށްގެން އެއް ފޮތް ގެންގުޅެއެވެ. އަޅުގަނޑު ދުށް ރާދަވަޅީގެ ލިޔުމަކީ އަކުރުތައް ތެދަށް ހުންނަ ތާނަ ލިޔުމެކެވެ. އެންމެ އިހުގެ ތާނަ ލިޔުންތައް ހުންނަނީ އަކުރުތައް ވަރަށް ތެދުކޮށެވެ. އަކުރުތައް ތެދުވި ވަރަކަށް އަކުރުތަކުގެ ބައްޓަން ބޮޑަށް ސާފުވެފައި ކިޔަން ފަސޭހަ ވާނެއެވެ. އެއް އަކުރު އަނެއް އަކުރާ ތަފާތު ބޮޑު ކަމުންނެވެ. ފަހު ޒަމާނެއްގައި އަކުރުތައް ވަރަށް ބޮޑަށް ގުދުވަމުން ގޮސްފައި ވެއެވެ. ނަމަވެސް މުޙައްމަދު އަމީން ދައުރުގައި އަނެއްކާ އަކުރުތައް ތަންކޮޅެއް ތެދުވިއެވެ. މިހާރު އަނެއްކާ ކަތިވަމުން ގޮސްފައި ވެއެވެ.

މިހާރު ލިޔަން ގެންގުޅޭ އަކުރުތައް ހުންނަނީ 60 ދަރަޖައިގައެވެ. މި ލިޔުން ލިޔެފައިވާ ތާނަ ޓައިޕްރައިޓަރުގެ އަކުރުތަކަކީ ތަންކޮޅެއް ތެދު އަކުރުތަކެއް ކަމުގައި ވިއަސް، މިއީ ވެސް 59 ދަރަޖައިގެ ކަތިމިނުގައިވާ އަކުރުތަކެކެވެ. އަކުރުތައް ކަތިވުމުން އެއް އަކުރު އަނެއް އަކުރާ ފުށުއަރާ ކިޔަން ދަތިވެއެވެ. އަދި އަކުރުތައް ތަފާތު ކުރާ ބަށްޓަންތައް ކުޑަވެއެވެ. އެހެންކަމުން ކިޔަން ދަތިވެއެވެ. ދުނިޔޭގެ އެއްވެސް ބަހެއްގެ އަކުރުތަކެއް ތާނަހާ ކަތިކޮށް ލިޔެފައެއް ނުހުރެއެވެ.

ކިޔުމުގެ ފަސޭހައަށް ތާނަ އަކުރުތައް ތެދުވާން އެބަޖެހެ އެވެ. މިޒަމާނުގައި، އަކުރުތައް ބޭނުންކުރަނީ ހަމައެކަނި ކަރުދާހުގައި ލިޔާކަށް ނޫނެވެ. އޮށޯވެގެން އޮވެގެން ޒަމާނުގެ ހިނގުމާ ފައިހަމަކޮށްގެން ތާނަ އަކުރުތަކަކަށް ކުރިއަކަށް ނުހިނގޭނެއެވެ. އެހެންކަމުން، އަކުރުތައް ތެދަށް ހުންނަ ފޮންޓުތައް ވޭތިވެދިޔަ އަހަރުތަކުގައި އަޅުގަނޑު ފަރުމާކުރަމުން ގޮސްފައި ވެއެވެ. މިއީ މިގޮތުން އެންމެ ފުރަތަމަ ފަރުމާކުރި ފޮންޓެވެ. އާދެ! 1996 ވަނަ އަހަރުގެ މާރޗް މަހުގައި، ”އެކްސެންޓް އެކްސްޕްރެސް“ ގައި ތާނަ ލިޔުމަށް ހެދި ފޮންޓެކެވެ. އެ ފަހުން މިހާރު 21 އަހަރު ވީއެވެ. އެހެންކަމުން މިފަހަރު މި ފޮންޓް ޝާއިޢުކުރަނީ، އަލުން ބައްޓަންތައް ސާފުކޮށް ރީތިކޮށްލާފައެވެ. މިފޮންޓުގައި ޠަބީޢީ ފެވި އަކުރުތައް ހިމެނެއެވެ. . . . . . . ”ބޯލްޑް“ އަކުރުތަކެވެ.  ތިރީގައި މިވަނީ މި ފޮންޓުން ލިޔެފައިވާ ލިޔުންކޮޅެކެވެ.

ހިލޭ ޑައުންލޯޑު ކުރެއްވުމަށް މި ލިންކަށް ފިއްތަވާ ލައްވާށެވެ.

To download both regular and bold versions of MV Raadhavalhi, click the above sentence.