”އެމްވީ މިލިދި“ އަކީ މީގެ 18 ވަރަކަށް އަހަރު ކުރިން ”އެކްސެންޓް“ އިން ތާނަ ލިޔުނު ދުވަސްވަރު ފަރުމާކޮށްފައިވާ ފޮންޓެކެވެ. މި ފޮންޓު އަކުރުތަކުގެ ބައްޓަން ހުންނާނީ ”އަތިރީގޭ ތާނަ“ އަކުރުތަކާ ޚިލާފަށް، ޢާއްމުކޮށް ތާނަ ލިޔާ އަކުރުތައް ކިޔަން އެނގޭ މީހުންނަށް މި އަކުރުތައް ވެސް ކިޔަން އެނގޭ ގޮތަށެވެ. މާ ބޮޑު ބަދަލުތަކެއް ގެނެސްފައެއް ނޫނެވެ.

ފަހަކަށް އައިސް ބައެއް މީހުން، އެކި ލިޔުންތަކުގައި މިއަކުރުތައް ބޭނުންކޮށްފައި ހުއްޓާ ފެނެއެވެ. ފިހާރަފިހާރައިގައި ނަން ލިޔުމަށާއި ފޮތްފޮތުގެ ބަނޑޭރިގަނޑުގައި ނަން ލިޔުމަށެވެ. އަދި ވެސް މިފަދަ ބޮޑުކޮށް އަކުރުތައް ލިޔަން ޖެހޭ ހާލަތްތަކުގައެވެ. އެކި ލޯތަކަށް، އެކި މީހުންނާއި ތަކެތި ”ރީތި“ ވާ ހަމައިން މި އަކުރުތައް ވެސް ރީތިވާ ބަޔަކުއުޅޭ ތާއެވެ. އެހެންވެ، އަކުރުތައް ގެއްލިގެން ގޮސްފާނެތީ، މިޒަމާނަށް ފެތޭގޮތަށް މި ފޮންޓުވެސް އައުކޮށްލީއެވެ. މިފަހަރު ބައްޓަންތައް ކުރިއަށް ވުރެ އޮމާންވާނެއެވެ. އަދި ފިލިޖެހޭނީ އަކުރުގެ މެދުގައެވެ. މި ފޮންޓުގައި ލެޓިން އަކުރުތައް ވެސް ހިމެނެއެވެ. ތާނަ އަކުރުތަކާ އެކަމުތް ގޮތެއްގައެވެ. ތިރީގައި އެވަނީ މި ފޮންޓުން ލިޔެފައިވާ ޢިބާރާތެކެވެ. ފޮންޓު ޑައުންލޯޑުކުރުމަށް ތިރީގައިވާ ފިތަށް އޮބާލާށެވެ.

midhilisample

dragon-free-dwn-btn

ނޯޓު: އެކަމުތް ވުމަކީ ދެއެއްޗެއް ނުވަތަ އެއަށް ވުރެ ގިނަތަކެތި، ހިތްގައިމު ގޮތަކަށް ގުޅިގެންދާ ގޮތް ވުމެވެ. އިނގިރޭސި ބަހުންނަމަ، ”ހާމަނައިޒް“ ވުމެވެ.

harmonize—to cause (two or more things) to be combined or to go together in a pleasing or effective way

 26 އޭޕްރިލް 2016