splashkoagannuއެމްވީ ކޯގަންނު އަކީ، ލެޓިން އަކުރުގެ ފޮންޓެއް ކަމުގައިވާ ވޯގް (Vogue Rounded Bold) ގެ ބައްޓަންތަކާ ހިތްގައިމުކޮށް ގުޅޭ ގޮތަށް، އެކަމުތުކޮށް، ފަރުމާކުރި ފޮންޓެކެވެ. މި ފޮންޓު ފަރުމާކޮށްފައިވަނީ ”އެކްސެންޓް އެކްސްޕްރެސް“ އާއި ”ފަސޭހަތާނަ“ ގައި ލިޔެވޭ ގޮތަށެވެ. މިކަން ކޮށްފައިވަނީ 1995 ވަނަ އަހަރުގެ ފަހުކޮޅާއި 1996 ވަނަ އަހަރުގެކުރީ ކޮޅުއެވެ. ފޮންޓުގައިވާ ތާނަ އަކުރުތައް އިނގިރޭސި ކީބޯޑުން ޓައިޕްކޮށްގެންނެއް ނުފެންނާނެއެވެ. މިހެންވެ، ތާނަ ލިޔާ މި ޕްރޮގްރާމްތައް އުވި ދިއުމުން، ލިޔުންތަކުގައި މި ފޮންޓު ބޭނުންކޮށްފައި ހުއްޓާ ފެންނަނީ ވަރަށް މަދުންނެވެ.

މިހެން މިކަންތައް ވެފައިވަނިކޮށް، މާލޭގައި ދާދި އިހަކަށް ދުވަހު ހެދި ”ރަސްފަންނު“ ކިޔާ މާ ކުޑަ ގޮނޑުދޮށެއްގައި، މާ ބޮޑު ސައިޒަކަށް މި އަކުރުތަކުން ނަންޖަހާފައި ހުއްޓާ ފެނިއްޖެއެވެ. ”ފަންނު“ ކިޔަނީ ގޮނޑުދޮށަށް އަރާފައިބާން، ހޭޅިތެރޭން ހާމަކޮށް ހުންނަ ތަންތަނަށެވެ. ދެން މިތަން ފެނުމުން، މި ފޮންޓު އުވި ގޮސްފާނެތީ، އެ ފޮންޓުގެ ބައްޓަންތައް އޮމާންކޮށް، މިހާރުގެ އޮޕަރޭޓިންގ ސިސްޓަމް ތަކުގައި ބޭނުންކުރެވޭ ގޮތަށް ”އޯޕަންޓައިޕް“ ފަސޭހަތަކާއެކު ޝާއިޢުކުރުމަށް ޤަޞްދުކުރީއެވެ. ކިޔުންތެރިންނަށް ފާހަގަ ކުރެއްވޭނޭ ފަދައިން، މި ފޮންޓުގެ ފިލިތައް ވަނީ، ފަންނުގައި ނަންޖެހިއިރު، ކަތިކޮށްފައެވެ. އަދި ބޮޑުކޮށްފައެވެ. މިއީ ތަނެއްގެ ނަމެއް ފަދަ ކުރު ޢިބާރާތެއް ލިޔުމަށް ރަނގަޅުވެދާނެ ފޮންޓެކެވެ.

DSC08926x”ކޯގަންނު“ އަކީ، މީދޫގައި އޮންނަ މަޝްހޫރު ޤަދީމީ ގަބުރުސްތާނެކެވެ. މިތަނުގައި، 1000 އަހަރާ ގާތް ވެފައިވާ، މަހާނަގައުތައް ހުރެއެވެ. އަޅުގަނޑު ހަނދާންވާ ގޮތުގައި، މިފޮންޓަށް ނަންކިއީ ވައްޑޭ ކިޔާ މަޖީދިއްޔާ ސްކޫލްގައި އެދުވަސްވަރު ހިސާބު ކިޔަވާދެއްވަން އުޅުއްވި މުދައްރިސެކެވެ. އަކުރުތައް ހުންނަ ބާވަތުން، ވަރަށް ކުރީގެ ކަމެއްކަން ދޭހަވާ ނަމެއް ވިދާޅުވެދެއްވާށޭ ދެންނެވުމުން އޭނާ ވިދާޅުވި ނަމެކެވެ. އެފަހުން، އަޅުގަނޑަށް މި ޤަބުރުސްތާނަށް ދެވޭ ގޮތް ދެތިން ފަހަރަކު ވެއްޖެއެވެ. އަދި އެ ތަނުގެ މަޝްހޫރު މަހާނަގައުތަކުގެ ލިއުންތަކުގެ ފޮޓޯތައް ނަގާފައި ވެއެވެ. އެ ޤަބުރުސްތާނަކީ، ރާއްޖޭގައި މިހާރު ހުރި އެންމެ ޒަމާންވީ ޤަބުރުސްތާނެވެ.

ތިރީގައިވާ ފޮޓޯއިން އެ ފެންނަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 300 ވަނަ ކައުންސިލް ޖަލްސާ ހިތަދޫ ކެމްޕަހުގައި ބޭއްވުމަށް ކުރި ދަތުރެއްގެ ތެރެއިން އެ ޤަބުރުސްތާނަށް މެންބަރުން ކުރި ޒިޔާރަތެވެ. އެއީ 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހެވެ. ފޮޓޯގައި މެދަށްވާ ކަހަލަ ގޮތަކަށް އެހުންނެވި އަލްއަޚް ހާނީ އަކީ މީދޫގެ ތާރީޚް އަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. ވަރަށް ފޫހިފިލާގޮތަކަށް، ޤަބުރުސްތާނުގެ އެކިއެކި ތާރީޚް އޭނާ ކިޔާދެއްވައެވެ.

DSC08935aDownload MV Koagannu

ޑައުންލޯޑު ކުރައްވާ