ތާނަ ޓައިޕްރައިޓަރ ފޮންޓު

Photo of Typewriter keyboard

ތާނަ ޓައިޕްރައިޓަރ ފޮންޓްގެ ތިންވަނަ އިސްދާރު

 Thaana Typewriter Font Version 3.0

އަހަރަކަށް ވުރެ ގިނަ ދުވަހު ބޭނުން ކުރުމަށް ފަހު، ތިޔަ  ބޭފުޅުންނަށް މި ހުށަހަަޅަނީ، ތާނަ ޓައިޕްރައިޓަރ ފޮންޓުގެ ތިންވަނަ އިސްދާރެވެ. މި ފޮންޓު އެންމެ ފުރަތަމަ ޝާއިޢުކޮށްފައިވަނީ މީގެ ވިއްސަކަށް އަހަރު ކުރިންނެވެ. ފާހަގަ ކުރެއްވޭނޭ ފަދައިން، މި ވެބްސައިޓުގައި މައިގަނޑު ތާނަ ލިޔުންތައް ލިޔެފައި އެވަނީ، ޓައިޕްރައިޓަރ ފޮންޓުންނެވެ.

މި އިސްދާރުގައި ފޮންޓަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، ފޮންޓުގެ ބޯލްޑް ނުވަތަ ފެވި ވައްތަރު ތަންކޮޅެއް ހިމަކުރުމާއި ފިލިތައް ޖެހޭ ތަން ބަދަލުކުރުމާއި އަކުރުތަކުގެ ބައްޓަންތައް ރީތިކޮށްލުން ހިމެނެއެވެ. މީގެއިތުރަށް ފޮންޓު ސައިޒު 10 ޕޮއިންޓްގައި ވެސް ރީތިކޮށް ކިޔަން އެނގޭވަރަށް ފޮންޓު ވަނީ ހިންޓުކޮށްފައެވެ. ހިންޓުކުރުމަކީ އިސްކްރީގައި އަކުރު ކުރެހޭއިރު، އަޞްލު ބައްޓަމާ އެއްގޮތް ކުރުމެވެ.  މި ބަދަލުތަކުގެ އިތުރަށް، ފޮންޓާއި އެކު ހިމެނޭ ލެޓިން ފޮންޓު މިހާރުވަނީ ބަދަލުކޮށްފަ އެވެ. އަދި ޖުމުލަ ނިމުމުން ޖަހާ ނުކުތާ ޖެހޭ ތަން ވެސް ވާނީ ބަދަލުކޮށްފަ އެވެ. މި ނޫންވެސް އިތުރު އެހެން އިޞްލާޙުތައް ގެނެސްފައި ވެއެވެ.

މި ފޮންޓުގެ އަކުރުތައް މާދުރުކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަނީ ނަމަ، އަކުރުތައް އަމިއްލަފުޅަށް ގާތްކޮށްލެވޭނެއެވެ. ވާރޑްގައި އެކަން ކުރާގޮތަކީ، ލިޔެފައިވާ ޕެރެގްރާފް ”ސެލެކްޓް“ ނުވަތަ ޚިޔާރު ކުރެއްވުމަށް ފަހު، މަތީގައިވާ މޭނޫއިން ފޮންޓު ޕެނަލް ސެލެކްޓް ކުރައްވައި، ދެން ”އެޑްވާންސްޑް Advanced“ ސެލެކްޓްކުރައްވައި، އެއަށްފަހު ސްޕޭސިން Spacing އިން ”Condensed“ ޚިޔާރު ކުރައްވައި ކަނާތްފަރާތުގައިވާ ޢަދަދުތަކުން އަކުރުތަކުގެ ދުރުމިން އެބޭފުޅަކަށް ރީތިވާ ވަރަށް  ދަށް ކުރަނީއެވެ. ތިރީގައިވާ ފޮޓޯއިން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ވެބްސައިޓް ހައްދަވާ ބޭފުޅުންނަށް އަމިއްލަ ނުވަތަ ކަސްޓަމް ފޮންޓު ބޭނުން ކުރައްވަން އެނގިވަޑައިގަންނަވާ ނަމަ، އަކުރުތަައް ދުރުކޮށް ކާރިކުރާނޭ ގޮތްވެސް އެނގިވަޑައިގަންނަވާނެ އެވެ. ތިރީގައި އެވަނީ އެކި މިންވަރަށް އަކުރުތައް ކައިރިކޮށްފަ އެވެ.

letter-spacing:0px

އެއް ދުވަހެއްގެ ޖަލްސާގައި، ޤާނޫނު އަސާސީގެ ފުރަތަމަ ޞަފުހާގައި ލިޔާނޭ ލިޔުމަކާ މެދު ކުރެވުނު ވަރަށް ވަރުގަދަ ބަހުޘް އެއް އަޅުގަނޑު ހަނދާން އެބަހުއްޓެވެ… އެކި ބޭފުޅުންނަށް ފެނިވަޑައިގަންނަވާ އެކި ޢިބާރާތްތައް މޭޒު މައްޗަށް ހުށަހެޅެމުން ދެއެވެ. އަލްފާޟިލް ޙުސައިން ޙިލްމީ ދީދީގެ ދައުރު އަތުވެއްޖެއެވެ. އޭނާއަށް ފެނިވަޑައިގަތީ ރައިވަރަކުން ނިންމާލުމަށެވެ. ބައެއް މެންބަރުން ދިޔައީ ”އައްޑިހަޔަށް އަރައިގެންނޭ“ ދެންނެވުމުން، އެއީ އެ މެމްބަރުންނަށް ރައްދުކުރެވުނު އިހާނަތްތެރި ބަހެއްކަމުގައި ހިމެނޭނޭ ބާވައެވެ؟   ޙުސައިން ޙިލްމީ ދީދީ ހުށަހެޅުއްވި ރައިވަރަކީ – ”ބޭހާއި ނުކުޅޭތި ބަޑި، ނޭގި ހުއްޓާ އަދާދާނެ، ގޭމަ ކޮޔާ ފިހިދާނެ“

letter-spacing:-.33pt

letter-spacing:-.67pt

letter-spacing:-1pt

މި ފޮންޓު ޑައުންލޯޑު ކުރެއްވުމަށް ތިރީގައިވާ ލިންކަށް ފިއްތަވާ ލައްވާށެވެ! އޭރުން  އާދައިގެ ފޮންޓާއި ބޯލްޑް ނުވަތަ ފެވި ފޮންޓު ޑައުންލޯޑު ކުރެއްވޭނެއެވެ.

ތާނަ ޓައިޕްރައިޓަރ ފޮންޓުގެ 2 ވަނަ އިސްްދާރު ޝާއިޢުކުރުމާ ގުޅޭގޮތުން ލިޔެފައިވާ ބަޔާން

VERSION 2.0

MV Typewriter is based on the lettering of the Thaana typewriter.

The Thaana typewriter was developed in 1986 by the Ministry of Education. The technology used in the Hermes typewriter was already obsolete in the 1980s. So it was not surprising that the typewriter had a short lifespan. Daisywheel and golf ball (typeball) typewriters with proportional spacing had been introduced in 1944. Dotmatrix typewriters were available in the 1970s. However, despite the crying need for proportional spacing in Thaana, the Hermes typewriter design was monospaced.

However, the “fonts” or type style used in the typewriter has some nostalgic beauty to it and is well worth preserving. I originally completed the font in 1996 using Fongtographer 2.0, but the glyphs have now been cleaned up and encoded in Unicode.  Install all three styles of fonts. The menu on your wordprocessor or other application will show only MV Typewriter. However, selecting Bold or Italics will select the appropriate font file  automatically.

The two gentlemen who were involved in the management of the development were Dr Mohamed Latheef (Kin’bi) and Mr Abdul Azeez Yoosuf (Dhoonihuraa).  Both are living, and they will passionately describe the work that went behind the development. I have a record of an interview with them from 2000.  Thanks to Mohamed Rifath who gave me the photos. He had undergone a course in Brazil on repair and maintenance of Thaana typewriter. Ismail Habeeb Abdul Raheem lent me the book on Thaana Typewriting. He was a staff of the Non-Formal Education Centre which was responsible for training touch typists in Thaana.

IMG_0001DSC00438attinside2

Download fonts in rar format: MVTypewriter

Copyright: You may use this font but you are not allowed to edit the outlines.